ސިޔާސީ

ސަރުކާރާއި، އެމްޑީޕީގެ މަޝްވަރާތަކަށް ހުރަހެއްނޭޅޭ - ތަރުޖަމާނު


ދައުލަތުގެ އެހެން ބާރުތަކުން ކުރާ ކަމަކާއިގުޅިގެން ސަރުކާރާއި އެމްޑީޕީގެ މަޝްވަރާތަކަށް ހުރަސްއެޅޭނެކަމަށް ޤަބޫލުނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި މިހެން މި ވިދާޅުވީ، ސަރުކާރާއި އެމްޑީޕީއާ އެކު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އެމްޑީޕީން ކުރަން އެއްބަސްވި ކަންތައްތައް ކޮށްފައިވާ ކަަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ކުރުމަށް އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒު ކުރުމަށް އެމްޑީޕީން ގޮވާލުމާއި ގުޅިގެންނެވެ.  ބޭރުގެ ފަރާތްތަކުގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދިއުމަށް އިންތިޒާމްކޮށްފައިވާ މިނިވަން ދުވަހުގެ އިޙްތިފާލުތައް ކުރިއަށް ގެންދަވާއިރު ސަރުކާރުން އެމްޑީޕީއާއެކު ކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރުމަށް އެ ޕާޓީން ގޮވާލާކަމަށް އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް އެމްޑީޕީއާ ސަރުކާރާއެކު ކުރިއަށްގެންދިޔަ އެންމެ ފަހުގެ މަޝްވަރާ ބައްދަލުވުމުގައި އެޕާޓީގެ ފަރާތުން ބައިވެރިވާ އިސް އޮފިޝަލް، ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވަނީ، ސަރުކާރުން ފުއްދާދެއްވާނެކަމަށް ވިދާޅުވި، ކަންކަން ކޮށްދެއްވަމުން ގެންދަވާތަން މިހާރު ފެންނަމުންދާކަމަށެވެ. އަދި މިނިވަން ފަންސާސުގެ ހަރަކާތްތައް ފާހަގަކުރާއިރު ރާއްޖޭގެ ސިޔާސީ މަސްރަހު ފެންނާނީ އަމާން އޮމާންކޮށްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.މީގެއިތުރުންސަރުކާރާއި އެމްޑީޕީއާއި ދެމެދު ބައެއް ކަންކަމުގައި މަޝްވަރާ ކުރުމަށް ހޮޓްލައިނެއްވެސް ޤާއިމްކޮށްފައިވެއެވެ.