ޚަބަރު

ކޯވިޑް-19 : އިންޓަރނެޓްގެ ޚިދުމަތަށް ހެޔޮ ބަދަލެއް ގެންނަނީ


ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި ރާއްޖޭގެ އިންޓަރނެޓުގެ ޚިދުމަތުން ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިޙާލަތުގައި ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވަމުން ދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް މި ދަނޑިވަޅުގައި ބޭނުންވާނެފަދަ ހެޔޮ ބަދަލުތަކެއް އިންޓަރނެޓްގެ ޚިދުމަތަށް ގެނެސް އެކަން ރައްޔިތުންނަށް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ.

ސަރުކާރުން މަސައްކަތްކުރަނީ ވީހާވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.