ޚަބަރު

ކޯވިޑް-19 : އާދީއްތަ ދުވަހުން ފެށިގެން އިތުރު ހަފްތާއަކަށް ސަރުކާރު ބަންދު


ކޯވިޑް-19އާ ގުޅިގެން އަންނަ އާދީއްތަ ދުވަހުން ފެށިގެން އަނެއްކާވެސް އިތުރު ހަފްތާއަކަށް ސަރުކާރު ބަންދުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް އެމަނިކުފާނު މިހާރު ބާއްވަމުންދާ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއްވެސް އަޅަމުންދަނީ ޞިއްޚީ މާހިރުނާގެ ލަފަޔާއި އިރުޝާދުގެ މަތީންކަމަށެވެ.

ކޯވިޑް-19 ފެތުރުނަނުދީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވާ ޚާއްސަ ފިޔަވަޅެއްގެގޮތުގައި ކުރިއަށްއޮތް ހަފްތާގައިވެސް ސަރުކާރު ބަންދުކުރުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ މިމުއްދަތުގެ ތެރޭގައި ސްކޫލުްތަކާއި ހުރިހާ ކްލެޖް، ޔުނިވާސިޓީތަކެއްވެސް ބަންދުވާނެކަމަށެވެ.