ޚަބަރު

ކޯވިޑް-19 : ޝައްކު ކުރެވޭ އަލާމާތްކެއް ހުރެގެން ދިވެއްސަކު ޓެސްޓް ކުރަނީ


ކޯވިޑް 19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ދިވެއްސަކު ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފައިވަނީ ޓެސްޓް ކުރަނީ ޖޭ.އޭ މަނަފަރު މޯލްޑިވްސް ރިސޯޓްގައި ހުރި މީހެއްކަމަށެވެ.

ނަމަވެސް އެއީ އެރިޒޯޓުގެ މުޢައްޒަފެއް ކަމެއް ނުވަތަ އެހެން ބޭނުމެއްގައި ރިޒޯޓްގައި މަޑުކޮށްފައިވާ މީހެއް ކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. މި ޙާލަތާއި ގުޅިގެން ޖޭ.އޭ މަނަފަރު މިހާރުވަނީ މޮނިޓަރިންގ ޙާލަތަށް ގެނެސްފައެވެ.

މި ރިސޯޓަކީ ހއ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.

ރާއްޖެއިން ކޯވިޑް 19އަށް މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހުންނެވެ. އެ އެންމެންނަކީވެސް ބިދޭސީންނަށް ވާއިރު މިހާރު 5 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.