ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އިތުރު ސަފާރީއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް މޮނިޓަރިންގައި އޮތް ރީތި ބީޗާއި އައިލެންޑު ސަފާރީގެ އިތުރުން އަލަށް މޮނިޓަރިންގެ ޙާލަތައް ގެނެސްފައިވަނީ "މާހާ" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށެވެ. އެއީ ހުޅުމާލެ ކައިރީގައި އޮތް ސަފާރީއެއް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވަނީ އެ ސަފާރީގައިތިބި 5 މީހުންގެ ތެރެއިން އެކެއްގެ ގައިންނެވެ. ސަފާރީގައި ތިބީ 3 ބިދޭސީންނާއި 2 ދިވެހިންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19އަށް ޝައްކު ކުރެވިގެން މިހާތަނަށް ރާއްޖެއިން ނަގާފައިވަނީ 745 ސާމްޕަލެވެ. އޭގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 ސާމްޕަލެވެ. އަދި 724 ސާމްޕަލެއް ވަނީ ނެގެޓިވް ވެފައެވެ. މިހާތަނަށް ނަތީޖާ ނުލިބި ވަނީ 8 ސާމްޕަލެއްގައެވެ.