ވިޔަފާރި

ރޭގަނޑު 10 ޖަހާއިރު ފިހާރަތައް ބަންދު ކުރަން ޖެހޭ


ކުރިއެކޭ އެއްގޮތަށް ފިހާރަތަށް
ރޭގަނޑު 10 ޖަހާއިރު ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ދަންވަރު 12 ޖަހާއިރު ބަންދުކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.



ރޯދަމަހާ ދިމާކޮށް ފިހާރަތަށް ބަންދުކުރާ ގަޑި ރޭގަނޑު
11 ޖަހާއިރަށް އަދި ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ދަންވަރު 2
ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އަދި 6 ރޯދަ ނިމެންދެން އެގޮތަށް އޮތުމަށްފަހު މިހާރު މިވަނީ ކުރިއެކޭ އެއްގޮަށް
ފިހާރަ، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން އަވަހަށް ބަންދު ކުރުމަށް އަންގާފައެވެ.



 އަދި މި އުސޫލާއި ހިލާފްވާ ފަރާތްތައް 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.



މިދިޔަ މާޗު މަހުން
ފެށިގެން ފިހާރަތައް ބަންދުކުރަނީ ރޭގަނޑު 10 ޖަހާއިރު،  އަދި ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ބަންދުކުރަނީ
ދަންވަރު 12 ޖަހާއިރުއެވެ.