ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން ދެރިސޯޓަކާއި އުޅަނދަކުން ނެގި މީހުންގެ ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރެއްވި ޓްވީޓެއްގައި ވަނީ ވެލިގަނޑު އައިލެންޑް ރިސޯޓާއި، ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓާއި، "އެލިއޯން" ކިޔާ އުޅަނދުން ނެގި މީހުންގެ ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށެވެ.
އަދި އެއާއެކު އެރަށްތަކާއި އުޅަނދު މޮނިޓަރިންގގެ ހާލަތުން ދޫކޮށްލާފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.