ވިޔަފާރި

ކޯވިޑް-19 : އައިލެންޑް އޭވިއޭޝަންގެ ބައެއް މުވައްޒަފުންނަށް 30 ދުވަހުގެ ޕެއިޑް ލީވެއް


އައިލްންޑް އޭވިއޭޝަންގެ މުވައްޒަފުންގެ ތެރެއިން ބައެއް ކަހަލަ ބަލިތަކަށް ބޭސް ކުރާ ފަރާތްތަކަށް މުސާރައާއެކު 30 ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

އެގޮތުން ހިތުގެ ބައްޔާއި، ފުއްޕާމޭގެ ބަލި ހުންނަ ފަރާތްތަކާއި، ކެންސަރ، ހަކުރު ބަލި އަދި ހައިޕަރ ޓެންޝަންގެ އިތުރުން މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް މުސާރައާއި އެކު 30 ދުވަހުގެ ޗުއްޓީއެއް ދިނުމަށް އައިލެންޑް އޭވިއޭޝަނުންވަނީ ނިންމާފައެވެ.

މީގެއިތުރުންވެސް އަމިއްލައަށް ޗުއްޓީއަށްދާން ބޭނުންވާ ފަރާތްތަކަށް މުސާރަ ނުލިބޭ ގޮތަށް 3 މަސްދުވަހާއި ހަމައަށް ޗުއްޓީ ދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި ކުންފުނީގެ ޙަރަދުތައް ކުޑަކުރުމުގެ ގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖްމަންޓާއި ކުންފުނީގެ ބޯޑު މެމްބަރުންވަނީ މުސާރައިން %20 ކުޑަ ކުރުމަށްވެސް ވަނީ ނިންމާފައެެވެ.