ޚަބަރު

ޖުމްހޫރީ މައިދާން ރަސްމީކޮށް މިރޭ 8:45ގައި ހުޅުވަނީ


ޖުމްހޫރީ މައިދާން ރަސްމީކޮށް މިރޭ 8:45ގައި ހުޅުވިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މިރޭ ޖުމްހޫރީ މައިދާން ރަސްމީކޮށް ހުޅުވާއިރު، އެތަންވަނީ ޤައުމީ އެއްބައިވަންތަކަން ރަމްޒު ކޮށްދޭ ބިނާއަކާއެކު ހިތްގައިމު ގޮތަކަށް ޒީނަތްތެރިކޮށްފައިކަން ފާހަގަކޮށްލެވެއެވެ.މީގެއިތުރުން ޖުމްހޫރީ މައިދާންގެ ވިނަގަނޑު ބަދަލުކޮށް، ކޮންމެ ފަރާތަކުންވެސް އެތަނަށް ވަދެވޭނެހެން މަގުތައް ހަދައި، އެތަނުގެ މެދުގައި އޮންނަ ބުރުވެސް ވަނީ އަލުން ހަދާފައެވެ. ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެން އަރުވާ ވަޑާމުގެ މަސައްކަތްވެސް ނިމި މިހާރުވަނީ  ޓެސްޓްވެސް ކޮށްފައެވެ.ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެން އަރުވާ ވަޑާމާއި، އެތަނަށް ގެނެސްފައިވާ ބޮޑު ބަދަލާއެކު ޖުމްހޫރީ މައިދާން ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ސަރުކާރުންވަނީ ދައުވަތު ދެއްވާފައެވެ.