ޚަބަރު

ކަށުކަމާއިކެމީގެ ކަންކަން އަވަސްކުރުމަށް އިރުޝާދުދީފި


މައްޔިތުންގެ ކަށުކަމާއިކެމީގެ ކަންކަން ވީހާވެސް އަވަހަށް ކުރިއަށްގެންދިއުމަށް އާއިލާތަކާއި، ޖަމާތްތެރިންނަށް އިރުޝާދު ދީފިއެވެ.

މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވަނީ މިމަހުގެ 28އާއި ހަމައަށް މާލޭ ސިޓީގައި ކަށުނަމާދު ކުރަމުންދާނިީ މާލޭގެ "މަސްޖިދުއް ތަޢާވުނި" އާސަހަރާ މިސްކިތާއި، އަދި ހުޅުމާލެ "މަސްޖިދުއް ޒައިދު ބިން ޡާބިތް"ގައި ކަމަށެވެ.

މި ދެ މިސްކިތުގައިވެސް ކަށުނަމާދުކުރެވޭނީ ފަރުޟު ނަމާދަކަށް ބަންގި ގޮވާތާ ބައި ގަޑިއިރު ފަހުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި މައްޔިތާ ސަހަރާއަށް ގެނައުމަށްފަހު ވީހާވެސް އަވަހަކަށް ކަށުކަމާއި ކެމީގެ ކަންކަން ނިންމުމަށްފަހުގައި މައްޔިތާ އަވަހަށް ވަޅުލުމަށް ޖަމާތްތެރިންނާއި އާއިލާތަކަށް ވަނީ އިރުޝާދުދީފައެވެ.

މި ނިންމުމަކީ ކޯވިޑް 19ގެ ޙާލަތާއި ގުޅިގެން، މީހުން އެއްވެ އުޅުން މަދުކުރުމާއި، އެއްވެއުޅޭ ވަގުތު މަދުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅެކެވެ.