ޚަބަރު

ކޯވިޑް-19: މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ވަނީ ލިބިފައި


ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ޓެސްޓްކުރި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19އަށް ޝައްކުކުރެވިގެން ކުރެވުނު ހުރިހާ ޓެސްޓެއްގެ ނަތީޖާ ލިބިފަައިވާކަމަށެވެ.

މިތާނަނަށް ރާއްޖެއިން 590 ސާމްޕަލްގެ ޓެސްޓް ހަދާފައިވާއިރު އޭގެ ތެރެއިން 580 ސާމްޕަލް ކޯވިޑް-19 އަށް ނެގެޓިވް ވެފައިވެއެވެ. ޕޮޒިޓިވް ވެފައިވަނީ 13 މީހެއްގެ ސާމްޕަލެވެ. އޭގެ ތެރެއިން މިހާތަނަށް 3 މީހަކު ބަލިން ރަނގަޅުވުމާއެކު، މިހާރު ފަރުވާ ދެވެމުންދަނީ 10 މީހަކަށެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހެއް

  • ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
  • ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
  • ކުރަމަތި މޯލްޑިވްސްއިން 2 މީހުން
  • ސަފާރީއަކުން 2 މީހުން
  • އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުން

މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 10 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 3 މީހެކެވެ.

ކޯވިޑް-19އާ ގުޅިގެން އެޗްޕީއޭއިންވަނީ ޚާއްސަ ކުލިނިކްތަކެއްވެސް ޤާއިމްކުރައްވާފައެވެ. ކުލިނިތަކަށް މިހާތަނަށް 1614 މީހަކު ދައްކާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކްލިނިކްތަކުގެ އެންމެފަހުގެ އަޕްޑޭޓް (ވޭތުވެދިޔަ 24 ގަޑިއިރު)

  • ސެނެހިޔާގެ ފުލޫކްލިނިކަށް ދައްކާފައިވަނީ 144 މީހުން
  • ޓްރެވަލް ކްލިނިކަށް ދައްކާފައިވަނީ 27 މީހުން
  • ހުޅުމާލޭގައި ބިދޭސީންނަށް ޚާއްސަ ކޮށްފައިވާ ކްލިނިކަށް ދައްކާފައިވަނީ 12

މަބްރޫކް ވިދާޅުވީ ރާއްޖެއަށް އެތެރެވާ ޕޯޓްތަކުންވެސް ސްކްރީން ކުރެވެމުންދާކަމަށެވެ. މިހާތަނަށް ސްކްރީންކުރި މީހުންގެ ތެރެއިން 106 މީހަކު ރާއްޖެއަށް އެތެރެވުމަށް ހުއްދަނުދީ ފޮނުވާލިކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައިތިބި ގިނަ ދިވެހިން ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް އަންނަމުންދާކަމަށެވެ. އެގޮތުން މިމަހުގެ 19ވަނަ ދުވަހު 97 މީހަކު ރާއްޖެއަށް އައިސްފައިވާކަމަށެވެ.