ޚަބަރު

ކޯވިޑް-19: ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ދެރިޒޯޓުން 2 ދިވެހިން ޓެސްޓް ކުރަނީ


ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އަދާރަން ކުލަބް ރަންނާޅި ރިޒޯޓާއި، ސެންތާރާ ގްރޭންޑް ރިސޯޓުން ދެ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް އެޗްޕީއޭއިްނ ފަށައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރަންނާޅި ރިޒޯޓްގައި ކޯވިޑް 19 އަށް ޝައްކުކުރެވޭ ދިވެހި މީހާގެ ސާމްޕަލް ނަގާފައިވާއިރު ޓެސްޓްގެ ނަތީޖާ ލިބެންދެން ދެ ރިޒޯޓްވެސް މޮނިޓަރިންގެ ހާލަަތަށް ލެވިފައިކަމަށެވެ.

ކޯވިޑް 19 އަށް ޝައްކުކުރެވޭ ކިރިޔާ އަލާމާތެއް ފެނުނުނަމަވެސް އެޗްޕީއޭއިންވަނީ އެމީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ނިންމާފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުން އެޗްޕީއޭއިން މިގޮތަށް ނަގާ ސާމްޕަލްތަކާއި ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެރިޒޯޓަކަށް ނުވަތަ އެރަށަކަށް އަރާފޭބުން ވަގުތީގޮތުން މަނާކުރެވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުނަނުދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އައިސޮލޭޝަން ފެސިލިޓީސްތަކާއި، ކަރަންޓީން ފެސިލިޓީސްތަކުގައި 225 މީހަކު އެބަތިބިއެވެ.

އެގޮތުން އައިސޮލޭޝަންގައާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބިމީހުން
ވިލިވަރު - 28 މީހުން
ހުޅުމާލެ ކަރަންޓީން ފެސިލިޓީ، އެޗްއައިއެޗް - 120 މީހުން
ފަރުކޮޅުފުށި - 0
ޑީއެެޗް 11 - 3 މީހުން
ވެލިދޫ - 15 މީހުން
ފަން އައިލެންޑް - 59 މީހުން

ކޯވިޑް 19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. އޭގެ ތެރެއިން 2 މީހަކު ބަލިން މުޅިން ރަނގަޅުވެފައިވާއިރު، ބާކީތިބި މީހުންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.