ވިޔަފާރި

ކޯވިޑް-19: އަގުބޮޑު ސިޓީތައް އަގުތައް ދަށަށް!


ކޯވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތު ނިމި ހަމައަކަށް އެޅޭއިރު ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކުގެ އަގުތައް ދަށަށް ދާނެކަމަށް ދުނިޔޭގެ ކަމާބެހާ ފަރަތްތަކުން ލަފާކޮށްފިއެވެ.
ސަބަބަކީ ކޯވިޑް-19އާ ގުޅިގެން ޤައުމުތަކުގެ އިޤްތިޞާދު ދަށަށްގޮސް، ތަކެއްޗާއި ހިދުމަތުގެ އަގުތައް އެތައްގުނައެއް ދަށަށް ދިއުމެވެ.

ހޮންކޮންގ، ސިންގަޕޫރު އަދި އޮސާކާއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. ނަމަވެސް ކޯވިޑް-19 އާއެކު ދުނިޔެއަސް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ޙާލަތު ކޮންޓްރޯލްވެ ނިމޭއިރު، އިޤްތިޞާދީ ޙާލަތު ބަދަލުވެގެންދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

އިސްވެ ދެންނެވި ސިޓީތަކުގެ ޢާމްދަނީގެ ބޮޑު ބައެއް ބަރޯސާ ވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. ކޯވިޑް-19ގެ ސަބަބުން މިކަމަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. ކޯވިޑް-19ގެ ސަބަބުން ޤައުމުތަކުގެ އިޤްތިސާދު ދަށަށްގޮސް ތަކެއްޗާއި ޚިދުމަތްތަކުގެ އަގު މިހާރުވެސްވަނީ ދަށްކުރަން ޖެހިފައެވެ.

އިކޮނޮމިކް އިންޓެލިޖަންސް ޔުނިޓް (އީއައުޔޫ)އިން ލަފާކޮށްފައިވާގޮތުން ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކުގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސް އަގުތައް ވަރަށްބޮޑަށް ބަދަލުވުމަކީ ގާތްކަމެކެވެ. އީއައުޔޫއަކީ ދުނިޔޭގެ ޤައުމުތަކާސި ސިޓީތަކުގެ ދިރިއުޅުމުގެ އަގުތަަށް ބަލާ ދިރާސާ ކުރާ ޖަމިއްޔާއެކެވެ.

އީއައިޔޫގެ ޗީފް އިކޮނޮމިސްޓް، ސައިމަން ބެޕްޓިސްޓް ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ޞިނާޢަތަށް އިޤްތިޞާދު ބަރޯސާވެފައިވާ ސިޓީތަކަށް ކުރާ އަސަރު ވަރަށް ބޮޑުވާނެއެވެ. އަދި ހޮންކޮން، ސިންގަޕޫރު ފަދަ ސިޓީތަކުން ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކުގެ ގޮތުގައި އޮތް އޮތުން ބަދަލުވެގެން ދާނެކަމަށް އޭނާ ލަފާކުރައްވައެވެ.

އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރު މިހާރުވެސް ފެންނަމުންދާއިރު، ގެއްލުން ކުޑަކުރުމަށް ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަށް ނާޅައިފިނަމަ ސަލާމަތް ވެވޭކަށް ނެތެވެ.