ޚަބަރު

ނަޝީދުގެ މައްސަލަ އިސްތިއުނާފްކުރުމަށް ޕީޖީ ނިންމަވައިފި


ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ތޭރަ އަހަރުގެ ޖަލު ހުކުމް  ހައިކޯޓުގައި އިސްތިއުނާފް ކުރުމަށްް ޕްރޮސެކިއުޓަރ ޖެނަރަލް  މުހުތާޒު މުހުސިން ނިންމަވައިފިއެވެ. 

ނަޝީދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމެވީ، މައްސަލަ އިސްތިއުނާފްކުރުމަށް ބޭނުންވާ ލިޔެކިއުންތައް ލިބިފައިނުވާކަމަށް ނަޝީދުގެ ފަރާތުން ހާމަކުރައްވާފައިވުމާއި، އަދި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނަރަލް ހައިކޯޓުގައި އިސްތިއުނާފްކޮށްދިނުމަށް އެދި ނަޝީދުގެ ފަރާތުން ހުށަހަޅާފައިވުމުންކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން މައުލޫމާތުދެއެވެ.  އެހެންކަމުން ޤާނޫނުއަސާސީން ޕްރޮސެކިއުޓަރ ޖެނަރަލަށް ލިބިދޭ ބާރުގެ ދަށުން ކުރީގެ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.