ޚަބަރު

4 ރަށުގެ ނަރުދަމާ، 1 ރަށުގެ ފެނުގެ މަޝްރޫއު


ހަތަރު ރަށެއްގައި ގާއިމްކުރާ ނަރުދަމާ ނިޒާމާއި، އެއް ރަށުގެ ފެނުގެ ނިޒާމު ގާއިމްކުރުމުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ބަޔަކާ ހަވާލުކޮށްފިއެވެ. ނ.ލަންދޫ، ރ މާކުރަތު، އަދި އދ ހަންޏާމީދޫގެ ނަރުދަމާ ނިޒާމާއި، ބ ހިތާދޫ ފެނުގެ ނިޒާމް، ޑިޒައިންކޮށް ކޮންސަލްޓަންސީ ދިނުމަށް ހަވާލު ކުރެވުނީ، ރިޔަން ޕްރައިވެޓް ލިމިޓެޑާއެވެ. ގދ ފޮޔޯރީ ނަރުދަމާގެ ޑިޒައިން އެންޑް ކޮންސަލްޓަންސީ މަސައްކަތް ހަވާލު ކުރެވުނީ ސޭންޑް ކޭސް ޕްރައިވެޓް ލިމިޓެޑާއެވެ.  މި މަސައްކަތްތަކަށް 1.5 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މި މަސައްކަތް ކުރިއަށް އޮތް ހަ މަސްތެރޭ ނިންމަންޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި މަސައްކަތްތައް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރމަންޓް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވީ، ނަރުދަމާ އާއި ފެނުގެ މި މަސައްކަތްތަކަކީ މި ރަށްރަށަށް ވަރަށް މުހިންމު އަސާސީ ޚިދުމަތްތަކެއް ކަމަށެވެ.