ޚަބަރު

ދަރަވަންދޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއް އަޑިޔަށްހިގައްޖެ


10 މީހުންނާއެކު މާލެއިން ފުރައިގެން ދަރަވަންދުއަށް ދަތުރުކުރަމުން ދިޔަ "ދަރަވަންދޫ ކުރިމަގު" ބޯޓް ކާށިދޫ ކަނޑަށް އަޑިޔަށް ހިނގައްޖެއެވެ. މިބޯޓް އަޑިޔަށްދިއުމަށް މެދުވެރިވީ ބޯޓަށް ރާޅެއްއަރާ ދިޔަ ގަނޑު ކޮންޓްރޯލް ނުކުރެވިގެން ކަމަށް މައުލޫމާތު ލިބެއެވެ. ބ އަތޮޅު ގޮއިދޫއާއި 17 މޭލު ބޭރުން ހިނގާދިޔަ މިހާދިސާގައި ބޯޓުން ދަތުރު ކުރި 10 މީހުން ކަނޑުވެފައިވަނިކޮށް ސަލާމަތް ކުރުމަށްފަހު އޭދަފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބ.އަތޮޅުގަ ހުރި ޕީއެސްއެމްގެ ރިޕޯޓަރ ބުނެފައިވެއެވެ.މި ބޯޓުން ދަތުރު ކުރި މީހުންގެ ތެރޭގައި  ކުޑަކުއްޖަކާއި 2 އަންހެނުން ތިބިކަމަށް މައުލޫމާތު ލިބޭއެވެ. މިހާތަނައް ލިބިފައިވާ މައުލޫމާތުން އެގޭގޮތުން މި ބޯޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. އެހެން ނަމަވެސް ބޯޓް އެއްކޮށް އަޑިޔަށް ގޮސްފައިވާކަމުގެ  މައުލޫމާތުވަނީ ލިބިފައެެވެ.