ޚަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް އަމްޖަދު


ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އައްޔަންކުރައްވައިފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި މެންބަރުކަމަށް، ޢައްޔަނު ކުރެއްވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ކުރިން ވަނީ އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމާއި އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ޓްރެބިއުނަލްގެ މެމްބަރުކަމަށް އަލްއުސްތާޛު ޙަސަން އިބްރާހީމް ވަނީ އައްޔަންކުރައްވާފައެވެ. މިދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

އަމްޖަދު މުޞްޠަފާ ވަނީ ލަންކާގައި ހުންނަ އެންގްލިއާ ރަސްކިން ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވާފައެވެ. އަދި އޭނާ ވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވެސް ޙާޞިލްކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، ޢައްޔަނު ކުރެއްވި މ. ހާދޫ، އަލްއުސްތާޛު ޙަސަން އިބްރާހީމް ކުރިން ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، ބިޒްނަސް ސްކޫލުގެ ހެޑްއޮފް ޑިޕާޓްމަންޓްކަމާއި އެމްބީއޭ ކޯސް ކޯޑިނޭޓަރކަމާއި ލެކްޗަރަރކަން ކުރައްވާފައެވެ. އަދި އަލްއުސްތާޛު ޙަސަން އިބްރާހީމް ވިޒިޓިން ލެކްޗަރަރއެއްގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއާ ވިލާ ކޮލެޖުގައި ޙަރަކާތްތެރިވެ ވަޑައިގެންނެފައިވެއެވެ.

ޙަސަން އިބްރާހީމް ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސީޓީން މާސްޓަރ އޮފް ބިޒްނަސް ޙާޞިލުކުރައްވާފައެވެ. އޭގެ އިތުރުން އެނާ ވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސީޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ޙާޞިލްކުރައްވާފައެވެ.