ޚަބަރު

ސްޕެއިނުން އައި ދިވެއްސެއްގެ ގައިން ކޯވިޑްގެ އަލާމަތްތައް ފެނިގެން ޓެސްޓުކުރަނީ


ސްޕެއިނުން ރާއްޖެއައި ދިވެއްސެއްގެ ގައިން ކޯވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން، ފަރުކޮޅުފުއްޓަށްގެންގޮސް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ކޯވިޑް19 ސްޕެއިންގައި ފެތުރުން އިތުރުވަމުން އަންނާތީ ދިވެހި ސަރުކާރުންވަނީ އެޤައުމުން ރާއްޖެ އެތެރެވުން އިއްޔެއިން ފެށިގެން މަނާކޮށްފައެވެ. ނަމަވެސް މި ޙާލަތްތަކުގައިވެސް ދިވެހިންނާއި، ދިވެހިން ކައިވެނިކޮށްގެންއުޅޭ ސްޕެއިންގެ ރައްޔިތުންނަށް ރާއްޖެ އެތެރެވެވޭނެކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މިފަދަ ފަރާތްތައް ރާއްޖެ އެތެރެކުރުން ހުއްދަކުރާއިރު އެ ފަރާރްތައް ކަރަންޓީންކުރުންފަދަ ފިޔަވަޅުތައް އަޅާނެކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

ސްޕެއިނުން މިހާތަނަށްވަނީ ކޯވިޑް19 އަށް 7700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި އެ ޤައުމުން 291 މީހުންވަނީ މަރުވެފައެވެ. މިއީ މި ބަލި ޖެހިފައިވާ މީހުން ފަސްވަނައަށް އެންމެ ގިނަ ޤައުމެވެ.