ދުނިޔެ

ނީލަކޯރުގައި ހިނގި ފެރީ އެކްސިޑެންޓެއްގައި 19 މީހަކު މަރުވެއްޖެ


މިސްރުގެ ނީލަކޯރަށް ފެރީއެއް ބަންޑުންޖަހާލުމުގެ ސަބަބުން 19 މީހުން މަރުވެ އިތުރުބަޔަކު ގެއްލިއްޖެއެވެ.މިހާދިސާ ހިނގީ ނީލަކޯރުން ދަތުރުކުރި ކާގޯ ބޯޓަކާއި ފެރީއެއްޖެހި މުޑިއެރުމުގެ ސަބަބުންނެވެ. މިސްރުގެ ދާޚިލީ ވުޒާރާއިން ބުނީ މިހާދިސާ ތަހްގީގް ކުރަމުން ގެންދާކަމަށާ އަދި ގެއްލިފައިވާ މީހުންގެ ތެރެއިން 6 މީހުން ރޭގެ ވަގުތެއްގައި ސަލާމަތް ކުރެވިފައިވީ ނަމަވެސް ބައެއްމީހުން އަދިވެސް ނުފެންނަކަމަށެވެ.ރިޕޯޓްތައް ބުނާގޮތުން މިހާދިސާ ހިނގާފައިވަނީ ނީލަކޯރުގެ އަލްވަރާގު ސަރަހައްދުގައެވެ. މިސްރަކީ ދަތުރުފަތުރުގެ އެކްސިޑެންޓްތައް ވަރަށް ގިނައިން ހިނގާ ގައުމެކެވެ. މިކަމުގެ ސަބަބަކީ ސަލާމަތީ މިންގަނޑުތަކުގެ ފެންވަރު ދަށްވެފައި ފަރުވާކުޑަވުން ކަމަށް ރިޕޯޓްތައް ބުނެއެވެ.