ދުނިޔެ

އެމެރިކާއިން އަފްޣާނިސްތާނާއިއެކު ސަލާމަތީ ގުޅުން ވަރުގަދަކުރަނީ


އަފްޣާނިސްތާނުގެ ސިފައިންނާއި ސަލާމަތީ ބާރުތައް ވަރުގަދަކުރުމަށް ބޭނުންވާ އެހީތައް ދިނުމާބެހޭގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބަމާ، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ، އާ މަޝްވަރާ ކުރައްވައިފިއެވެ.މިމަޝްވަރާތައް ކުރެއްވީ އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ، އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ޣަނީއާއާއި ވައިޓްހައުސްގައި ބައްދަލުކުރައްވައި ދެއްކެވި ރަސްމީ ވާހަކަތަކުގައި ކަމަށް ވައިޓް ހައުސް އިން ބުނެއެވެ.އެމެރިކާއަކީ އަފްޣާނިސްތާނަށް އަސްކަރީ ގޮތުން އަރައިގަނެ ދިގުމުއްދަތަކަށް ހަނގުރާމަ ކުރުމަށްފަހު ތާލިބާން ޖަމާއަތް ބަލިކުރުމުގައި ނާކާމިޔާބުވެގެން އަފްޣާނިސްތާނުން ފާބައިފައިވާ ގައުމެކެވެ. އަފްޣާނިސްތާނުގެ ސިފައިންނާއި ސަލާމަތީ ބާރުތައް ވަރުގަދަކުރުމުގެ ގޮތުން އެގައުމަށް ދިނުމަށް އެމެރިކާ ބޭނުންވާ އެހީތަކުގެ ތެރޭގައި ހަތިޔާރާއި އަސްކަރީ ތަމްރީނާ އަދި ޖާސޫސީ މައްލޫމާތު ހިމެނޭކަމަށް ވައިޓް ހައުސްއިން ބުނެއެވެ.