ޚަބަރު

ކޯވިޑް-19: ރާއްޖޭގައި 641 ޖާގައިގެ ކަރަންޓީން ފެސިލިޓީ


ރާއްޖޭގައި ކޯވިޑް-19ގެ މިހާރުގެ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން މީހުން އެކަހެރިކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަން ކުރުމަށް މިހާތަނަށް ހަސަތޭކަ ސާޅީސް އެއް ޖާގަ ހިމެނޭ ކަރަންޓީން ފެސިލިޓީ ހަމަޖައްސާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. މިއީ މިވަގުތު އެކި ސަރަޙައްދުތަކުގައި ބޭނުންކުރަމުން އަންނަ ކަރަންޓީން އަދި އަސޮލޭޝަން ފެސިލިޓީތަކުގެ އިތުރުން ހަމަޖައްސާފައިވާ ސަރަޙައްދުތަކެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކޯވިޑް-19އާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައިސް އޮފީހުން ކޯވިޑް-19ގެ މަޢުލޫމާތު ދެއްވުމަށް ކަނޑައަޅުއްވާފައިވާ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާލެ ސަރަޙައްދުގައި ހަމަޖައްސާފައިވާ ފަރުކޮޅު ފުއްޓާ ވިލިވަރު ފިޔަވާ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު މީހުން އެކަހެރިކުރަންޖެހިއްޖެނަމަ އެކަން ކުރެވޭނެ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ.

ރާއްޖޭގައި މިވަގުތު ހުރި ކަރަންޓީން ފެސިލިޓީތައް

  • ހއ. 29 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 29 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ހދ. 64 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 34 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ށ. 30 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 21 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ނ. 19 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 16 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ރ. 17 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 33 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ބ. 42 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 41 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ޅ. 12 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 5 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ކ. 8 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 8 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • އއ. 10 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 9 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • އދ. 23 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 12 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ވ. 4 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 9 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • މ. 9 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 12 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ފ. 0 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 8 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ދ. 6 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 8 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ތ. 18 ޖާގައިގެ ކަރަންޓީން ފެސިލިޓީ
  • ލ. 28 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 22 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ގއ. 16 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 8 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ގދ. 14 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 12 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ޏ. 4 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 2 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ
  • ސ. 5 ޖާގައިގެ ކަރަންޓީން ފެސިލިޓީއަކާއި 4 ޖާގައިގެ އައިސޮލޭޝަން ފެސިލިޓީ

ސެންޓްރަލް ހޮސްޕިޓަލްގެ ބޭރުން ހަމަޖައްސާފައިވާ ކަރަންޓީން އަދި އައިސޮލޭޝަން ޖާގައިގެ ޢަދަދަކީ 641އެވެ. މީގެ އިތުރުން މިފަދަ ސަރަޙައްދުގެ ގޮތުގައި މިހާރުވެސް ފަރުކޮޅުފުއްޓާއި ވެލިވަރު ބޭނުންކުރަމުން އަންނައިރު ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ވެލިދޫ ރިސޯޓުވެސް މިހާރުވަނީ ސަރުކާރަށް ނަގާފައެވެ. އަދި މިހާތު މިނިސްޓްރީ އޮފް ޓޫރިޒަމުން އަންނަނީ ހުޅުލޭ އައިލެންޑް ހޮޓެލްވެސް މިކަމަށް ބޭނުންކުރުމަށް އެހޮޓެލްއާއި ވާހަކަދައްކަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.