ވިޔަފާރި

ކޯވިޑް-19 - ޓީޓީއެމް ފެއަރ ފަސްކޮށްފި


އޯރކާ މީޑިއައިން ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއަރ ފަސްކޮށްފިއެވެ.

ޓީޓީއެމް ފެއަރ ބާއްވަން ހަމަޖެއްސީ އޭޕްރިލް މަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް19 ގެ ސަބަބުން މި ފެއަރ ލަސްކޮށްފައިވާކަން އޯރކާ މީޑިއާއިން ވަނީ ބުރާސްފަތި ދުވަހު ވަނީ އަންގާފައެވެ.

އޯރކާ މީޑިއާއިން ބުނީ ޓީޓީއެމް ފެއަރ ލަސްކުރީ ފެއަރގައި ބައިވެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުގެ އެދުމުގެ މަތިންކަމަށެވެ. ނަމަވެސް ފެއަރ ފަސްކުރި ތާރީއެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.

ޓީޓީއެމް ފެއަރއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑު ޝޯއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށްވެސް ބޮޑު ކުރިއެރުންތަކެއް ކޮންމެ އަހަރަކުވެސް ގެނުވާ ފެއަރއެކެވެ.

ގިނަ ރިސޯޓްތަކާއި ހޮޓެލްތަކުގެ ޖެނެރަލް މެނޭޖަރުން ބައިވެރިވާ މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާނެގޮތްތަކާއި ބެހޭގޮތުން ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ އިންޑަސްޓްރީ ބޭފުޅުން މަޝްވަރާކުރެއެވެ.