ޚަބަރު

ކުޅުދުއްފުށީގެ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ކޭޕީއެލްގެ ގެސްޓްހައުސް


ކޯވިޑް-19: އަށް ކުޅުދުއްފުށިން ކޯވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސަރަހައްދީ ބަނދަރުގައި ހުންނަ ގެސްޓްހައުސް ކަމަށް ހަމަޖައްސައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވީ، ކުޅުދުއްފުށީގެ އައިސޮލޭޝަން ފެސިލިޓީ ހަމަޖައްސައި، މިގެސްޓްހައުސްގައި 42 އެނދަށްވުރެ ގިނަ އެނދުގެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެތަނުގެ ގްރައުންޑް ފްލޯ ތައްޔާރުކޮށް 6 ކޮޓަރީގައި 12 އެނދު މިހާރު ތައްޔާރު ކޮށްފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހުންނަ ޕްރައިވެޓް 2 ރޫމްވެސް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ގާއިމް ކޮށްފައިވާ ކަމަށެވެ.