ސިޔާސީ

ނައިބްރައީސް އަހްމަދު އަދީބަށް މަޖިލީހުން ރުހުން ދެއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވި އަހްމަދު އަދީބަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަޙްމަދު އަދީބަށް ރުހުން ދެއްވުމަށް މަޖިލީހުގެ 70 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ. ދެކޮޅަށް ވޯޓް ދެއްވާފައިވަނީ 7 މެންބަރުންނެވެ.ނައިބްރައީސް އަހްމަދު އަދީބު މިހާތަނަށް ހުންނެވީ ޓުއަރިޒަމް މިނިސްޓަރގެ މަގާމުގައެވެ. އަދީބު ވަނީ ޓުއަރިޒަމް މިނިސްޓަރގެ މަގާމު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގައިވެސް ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމަށް އަދީބު ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވާފައި މިވަނީ، ކުރިން އެމަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަޙްމަދުގެ އިތުބާރު ނެތްކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.