ޚަބަރު

އޭދަފުށިން ގެބުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންނަނީ، ކުއްޖާގެ ޙާލު ސީރިއަސް


ބ.އޭދަފުށިން ގެބުނު ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންނަން ތައްޔާރުވަމުން ދާކަމަށް ބ،އަތޮޅު ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

މިއަދު ހަވީރު އޭދަފުށީ މޫދައްއެރޭ ސަރަހައްދައް މޫދައް އެރެއުޅުނު މިކުއްޖާ ގެނބިގެން ޙާލު ސީރިއަސްކަމަށާ، ކުއްޖާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިއަދު ހަވީރު ހިނގި މިހާދިސާގައި ތިން އަންހެން ކުދިން ގެނބުނެވެ. ނަމަވެސް އޭގެ ތެރެއިން ހާލު ސީރިއަސް ވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނީ ޢުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށެވެ. ފަރުވާ ދިނުމަށް މިކުއްޖާ ބ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހަވީރު 5:30 ހާއިރުއެވެ.

ކަމާގުޅުން ހުރި ފަރާތްތަކުން އަންނަނީ މިޙާދިސާ ތަޙްގީގް ކުރަމުންނެވެ.