ޗައިނާގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރުނު ވުހާން ސިޓީގެ ބޭސްފިހާރަތަކާއި ސުޕަމާކެޓުތައް އަލުން ހުޅުވަންފަށައިފިއެވެ. ވުހާން ސިޓީގައި ކޯވިޑް-19 ފެރުތޭ މިންވަރުވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންވަނީ ވުހާނަށް ޒިޔާރަތްކުރައްވާ އެސިޓީގެ ޙާލަތު ބައްލަވާލައްވާފައެވެ.
ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެގާރަ މިލިއަން މީހުންނާއެކު ވުހާން ސިޓީވަނީ ވަދެނުކުމެނޫޅެވޭ ގޮތަށް ބަންދުކޮށްފައެވެ. ނަމަވެސް ރައީސް ޝީ އެސިޓީއަށް ވަޑައިގަތުމުން ވައިރަސް ފެތުރޭ މިންވަރު ދަށްކުރެވިފައިވާކަމުގެ ޔަޤީންކަން ވުހާންގައި ދިރިއުޅޭ މީހުނަށްވަނީ ލިބިފައެވެ. އަދި ވުހާން އޮންނަ ހޫބެއި ޕްރޮވިންސުގެ ޕްރޮވިންޝަލް ސަރުކާރުންވަނީ އާންމު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ މަސައްކަތްތެރިންނާ ޞިއްޙީ ސާމާނާއި އާންމު ބޭނުންތަކަށް ބޭނުންކުރާ ސާމާނު އުފައްދާ ކާރުޚާނާތަކުގައި މަސައްކަތްކުރާ މީހުން އަލުން އަނބުރާ ވަޒީފާއަށް ނުކުތުގުމުގެ ހުއްދަ ދީފައެވެ. އަދި ޗައިނާގެ އެހެން ސަރަޙައްދުތަކުގެ ސަމާލު މިންވަރު ދަށްކޮށް ދަތުރުފަތުރުކުރުމުގައިވަނީ ދޫދީފައެވެ.
ޗައިނާގެ 85،000އަށްވުރެ ގިނަ މީހުނަށް ކޯވިޑް-19 ޖެހި 3،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.