ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު 4:00ގައި ޤައުމާ މުޚާތަބުކުރައްވާނެ


ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތު ބަދަލުވަމުންދާ ގޮތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޤައުމާ މުޚާތަބުކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޙާތަބުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު 16:00 ގައެއެވެ. ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅިގެން ރައީސުލްޖުމްހޫރާ ޤައުމާ މުޙާތަބުކުރެއްވުން ޕީއެސްއެމްގެ ޓީވީ މޯލްޑިވްސްއާ، ދިވެހިރާއްޖޭގެ އަޑުގެ އިތުރުން ޕީއެސްއެމް ނިއުސްއިން ވަގުތުން ގެނެސްދޭނެއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ޤައުމުގެ މިހާރުގެ ޙާލަތާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ރޭވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ 8 މީހުން ރާއްޖެއިން މިހާރުވަނީ ފެނިފައެވެ. މީގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ.