ވިޔަފާރި

މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުޅުވާފައި ހުންނަ ވަގުތުތައް މަދުކޮށްފި


މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވިއަންގެ ޓިކެޓް އޮފީސް މިހާރު ހުޅުވާފައި ހުންނަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 16:00ގެ ނިޔަލަށެވެ. ނަމަވެސް އަންނަ އާދީއްތަދުވަހުން ފެށިގެން އެ ކުންފުނީގެ ޓިކެޓް އޮފީސް ހުޅުވާފައި ހުންނާނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެނދުރުފަހު 3:30 އަށްކަމަށް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ.

މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުޅުވާފައި ހުންނަ ވަގުތައް ބަދަލުގެނައި ނަމަވެސް ކޯލް ސެންޓަރ އަދި ވައިބަރ ޕްލެޓްފޯމް ތަކުގެ ޙިދުމަތް ކުރިއެކޭވެސް އެއްގޮތައް ލިބޭނެކަމަށް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ.

ކޯވިޑް19 ފެތުރެން ފެށުމާއި ގުޅިގެން މޯލްޑިވިއަންއިން ވަނީ މީހުން އެއްވެ ނޫޅުމަށް ބާރުއެޅުމުގެ ގޮތުން ޓިކެޓް ގަންނަން މޯލްޑިއަންގެ އޮފީހަށް ނުގޮސް ވެބްސައިޓާއި، ވައިބަރ ޕްލެޓްފޯމާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަތުމަށް އިލްތިމާސްކޮށްފައެވެ.