ސިޔާސީ

ނައިބްރައީސަކަށް އަދީބް އައްޔަންކުރެއްވުމަށް ނަންފުޅު ފޮނުވައިފި


ރައީސުލް ޖުމްހޫރިއްޔާގެ ނައިބްގެ މަޤާމަށް ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބް އައްޔަންކުރެއްވުމަށް މަޖިލީހަށް ނަންފުޅު ފޮނުވައިފިއެވެ.މިއަދު 14:30ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިބްރައީސްގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވަވާފައިވާ ނަންފުޅަށް ރުހުންދިނުން އޮންނާނެއެވެ.