ޚަބަރު

މިއަދު ހެނދުނު މާލެ އަދި ވިލިމާލެއިން ކަރަންޓު ކެނޑެނީ


މިއަދު ހެނދުނު މާލެ އަދި ވިލިމާލޭގެ ބައެއް ސަރަަހައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯގެ ނެޓްވޯކް އިތުރަށް ތަރައްގީކޮށް، އަޕްގްރޭޑް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު 9:00 އިން 11:00 އަށް ވިލިމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާލޭގެ ސިޓީޕާކް ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އިން 13:30 އަށް ކަރަންޓު ކެނޑޭނެކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

ކަރަންޓު ޚިދުމަތް މެދު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައެވެ.