ވިޔަފާރި

ދިވެހިންނަށް އަދިވެސް ލަންކާއިން އޮން އެރައިވަލް ވިސާ ލިބޭނެ: ފޮރިން މިނިސްޓްރީ


ދިވެހިންނަށް އަދިވެސް ލަންކާއިން އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ލަންކާގެ ރައްޔިތަކު ޕޮޒިޓިވްވުމާއި ގުޅިގެން، ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ލަންކާއިންވަނީ މެދުކަނޑާލައިފައެވެ.

އެހެން ނަމަވެސް ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިންނަށް އަދިވެސް އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

ލަންކާއަކީ ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ޤައުމެކެވެ. އަދި ލަންކާގައި ގާތްގަނޑަކަށް 15،000 ދިވެހިން އަންނަނީ ދިރިއުޅެމުންނެވެ.

ލަންކާ އިން މިހާރުވެސް ވަނީ އީރާނާއި އިޓަލީ އަދި ކޮރެއާ އިން އެގައުމަށް އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ކުރަން ފަށައިފައެވެ.