މުނިފޫހިފިލުވުން

އިންޑިޔާގެ މަޝްހޫރު ސަނަމް ބޭންޑް ރާއްޖެ އަތުވެއްޖެ


އިންޑިޔާގެ މަޝްހޫރު ސަނަމް ބޭންޑް ރާއްޖެ އަތުވެއްޖެއެވެ. މިބޭންޑް ރާއްޖެއައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ."ސަނަމް ޕޫރީ ޝޯއަށް މަވެސްދާނަން" މި ޝިޔާރާއެކު ޓީމް ޒުވާނުންގެ ޓީމުން ދަނީ މިއުޒިކް ޝޯ ޕްރޮމޯޓް ކުރަމުންނެވެ. މިޝޯގެ ފޯރި އެންމެ ގަދަވެފައިވަނީ ސޯޝަލް މީޑިޔާގައެވެ.މި ޝޯ އިންތިޒާމް ކުރާ ޓީމް ޒުވާނުންގެ ފަރާތުން މައުލޫމާތު ދެއްވަމުން އަހުމަދު ރީހާން ބުނީ ސަނަމް ބޭންޑްގެ ލަވަ ކިޔުންތެރިޔާ، ސަނަމް ޕޫރީ އަކީ ރާއްޖޭގެ އެތައް ބަޔަކު ސަޕޯޓްކުރާ ފަރާތެއް ކަމަށާއި، ޝޯއަށް ލިބެމުންދާ ތަރުހީބު ބޮޑު ކަމަށެވެ.ޖުލައި 25 ވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތް ކޮޅުގައި ބާއްވާ މިއުޒިކް ޝޯގައި ބޮޑުބެރުގެ ހަރަކާތްތަކާއެކު، ސަޕްރައިޒިން ގިނަ ކަންތައްތަކެއް ހިމެނޭނެ ކަމަށް ޝޯވް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. ސަނަމް ބޭންޑާއެކު ލަވަކިޔުމަށް ރާއްޖޭގެ ދެ ލަވަ ކިޔުންތެރިން ކަމުގައިވާ، މީރާ އަދި ލަމްހާވެސް ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ޝޯގެ ތެރެއިން ދިވެހި އިތުރު ލަވަ ކިޔުންތެރިންވެސް ފެނުން އެކަށީގެންވާ ކަމަށް ޓީމް ޒުވާނުން މައުލޫމާތުދެއެވެ.މި ޝޯއަށް ތައްޔާރު ވުމުގެ ގޮތުން، ލޮނު ޒިޔާރަތްކޮޅުގައި ހަދަމުންދާ ސްޓޭޖްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ. މި ސްޓޭޖަކީ ރާއްޖޭގައި މިހާތަނަށް ހަދާފައި ނުވާ ވަރުގެ މިއުޒިކް ސްޓޭޖަކަށް ވެގެންދާނެ ކަމަށް ޝޯ އިންތިޒާމް ކުރާ ޓީމް ޒުވާނުންގެ ޓީމުން ބުނެއެވެ.