ވިޔަފާރި

އޮންލައިންކޮށް ޓިކެޓު ނެގުމަށް އިލްތިމާސްކޮށްފި


ކޯވިޑް-19 އާއި ގުޅިގެން ކަސްޓަމަރުންނާއި ސްޓާފުންގެ ސަލާމަތީކަންކަން ކަށަވަރުކުރުމަށް އޮންލައިންކޮށް ޓިކެޓް ގަތުމަށް ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވިއަންއިން ބުނީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ބާރުއެޅުމުގެ ގޮތުން އެއަރލައިން މެދުވެރިކޮށް ޓިކެޓް ގަތުމަށް ޓިކެޓިންގ އޮފީސްތަކަށް ދިއުމުގެ ބަދަލުގައި މޯލްޑިވިއަންގެ ވެބްސައިޓާއި ވައިބަރ ޕްލެޓްފޯމް އަދި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަތުމަށް އިލްތިމާސްކުރާކަމަށެވެ.

މޯލްޑިވިއަންގެ އިތުރުންވެސް ރާއްޖޭގެ ބައެއް އެހެން ކުންފުނިތަކުންވެސް ވަނީ އޮފީސްތަކަށް ގޮސް ޚިދުމަތް ހޯދުމުގެ ބަދަލުގައި، އޮންލައިންކޮށް ޚިދުމަތް ހޯދުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާއި މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް، އެމްޑަބްލިއުއެސްސީން ވެސް ވަނީ އެކުންފުނިތަކުގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސްކޮށްފައެވެ.