ޚަބަރު

ބުރޫނާއީން ރާއްޖެއަށް ދޭ ސްކޮލަރޝިޕް އިތުރުކުރުމަށް ނިންމައިފި


ބުރޫނާއީން ދިވެހި ރާއްޖެއަށް ދޭ ސްކޮލަރޝިޕްތައް އިތުރުކުރުމަށް އެޤައުމަށް އެޤައުމުން ނިންމައިފިއެވެ.

ބުރޫނާއީ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ބުރޫނާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބޭއްވެވި ބައްދަލުވުންތަކުގައެވެ. މިނިސްޓަރ ޝާހިދުވަނީ ބުރޫނާއީގެ ރަސްގެފާނު ހަސަނުލްބުލްކިއާއި އެޤައުމުގެ ސެކަންޑް ފޮރިން މިނިސްޓަރ އަދި އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުންތަކުގައި ރާއްޖެއަށް ބުރޫނާއީން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިހާރުވެސް ކޮންމެ އަހަރަކު 5 ސްކޮލަޝިޕް އެޤައުމުން ރާއްޖެއަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި ސްޕެޝަލް އެޑިކޭޝަންގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން އިތުރު ސްކޮލަޝިޕްގެ އިތުރުފުރުސަތުތައް ރައްޖެއަށް ހޯދުމާބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޝާހިދު އެދިވަޑައިގެންފައިވާ ގޮތަށް ރާއްޖެއަށްދޭ ސްކޮލަޝިޕްތައް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ބުރޫނާއީ ސަރުކާރުންވަނީ ދެެއްވަފައެވެ.

1999 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ މަތީފަންތީގެ ވަފުދެއް ބުރޫނާއީއަށް ޒިޔާރަތް ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ. ބުރޫނާއީގެ ރަސްގެފާނާ ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ ބުރޫނާއީއާ ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އާބާބެއްގެ ފެށުންކަމަށެވެ.

ރާއްޖެއާއި ބްރޫނާއީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 31 މާޗް 1984 ގައެވެ. ނަމަވެސް 1999 ވަނަ އަހަރުން ފެށިގެން ރާއްޖެ-ބްރޫނާއީ ގުޅުމަށް ދޭން ޖެހޭ މިންވަރަށް އަޅާލުން ދެވިފައެއް ނުވާކަން ފޮރިން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ 21 އަހަރުދުވަހުގެ ތެރޭގައި ދެޤައުމުގެ މަތީ ފަންތީގެ އެއްވެސް ބޭފުޅަކު އެއް ޤައުމުން އަނެއް ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ނުވާކަން އެމިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.