ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމަވައިފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ 9:00ގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ވިދާޅުވީ މިނިވަން ދުވަސް އައުމުގެ ކުރިން ކުރަން ހުރި ބައެއް މަސައްކަތްތައް އަވަސް ކުރެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށާއި، މިނިވަން ދުވަހުގެ ކުރިން ނިންމަން ޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ބާއްވަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެކަމަށެވެ. 

މިރޭ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަރުޙަލާތައް އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މަޖިލީހުގެ ރައީސް ހުށަހަޅާ މައްސަލައެވެ.