ސިޔާސީ

ނައިބްރައީސް މަޤާމުން ވަކިކޮށްފި


ރައްޔިތުންގެ މަޖިލީހުން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުޙައްމަދު ޖަމީލު އަހުމަދު މަޤާމުން ވަކިކޮށްފިއެވެ.ޑރ. ޖަމީލްގެ އިތުބާރު ނެތްކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 78 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓު ދީފައިވަނީ 2 މެމްބަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަލީލު އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު މިއަދު މަޖިލީހަށް  ހުށައެޅުއްވީ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިންމަނިކުއެވެ. އެމައްސަލަ މަޖިލީހަށް ހުށައެޅުއްވުމުގެ މަޤްޞަދެއްކަމުގައި ނިހާން ވިދާޅުވީ ޑރ. ޖަމީލް އެމަނިކުފާނުގެ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާ ކުރަމުން ނުގެންދަވާތީ ކަމަށެވެ. އަދި ލިބިފައިވާ ތައުލީމާ ތަޖުރިބާގެ ބޭނުން ނުހިފާތީ އާއި ސަރުކާރުގެ އިދިކޮޅު ފަރާތްތަކާ ގުޅުންތަކެއް ބާއްވާ ކަމަށް ތުހުމަތުތަކެއް ކުރެވޭތީ އާއި އެ ތުހުމަތުތަކާ ދެކޮޅަށް ވާހަކަދައްކަވާފައި ނުވާތީކަމަށް ނިހާން ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަކޮށް ހުރިހާ މެމްބަރުންވެސް ވަނީ ތާއީދުކުރައްވާ ވާހަކަދައްކާފައެވެ. ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވީ، ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ އިގްތިސާދީ ދާއިރާ އިން މަޖިލީހަށް ވަރަށް ބޮޑަށް އެއްބާރުލުން ލިބުނުކަމަށާއި، އެހެންނަމަވެސް، ޑރ. ޖަމީލާއި ހަވާލުކުރެވިފައިވާ އިޖުތިމާއީ ދާއިރާއާ ގުޅޭ މައްސަލަތަކުގައި އެއްބާރުލުމެއް ލިބިފައި ނުުވާކަމަށެވެ. އެކަމުގެ ސަބަބުން ސިއްހީ، ތައުލީމް ފަދަ ދާއިރާތަކުގައި މައްސަލަތައް ފުނިޖެހުނުކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިހާރުން މިހާރަށް ވެސް ވޯޓު ނަގައި ޖަމީލް ވަކިކުރަންޖެހޭކަމަށާއި، އެއަށް ފަހު ރައީސަށް ވަފާތެރި ބޭފުޅަކު އެ މަގާމަށް ގެންނަވަން އެބަޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

އިދިކޮޅު މެމްބަރުންވެސް މި މައްސަލއަށް ވަނީ ތާއީދުކޮށްފައެވެ. އެމެމްބަރުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތަކަށް މައްސަކަތް ކުރައްވާ ބޭފުޅަކަށް ނައިބު ރައީސް ނުވާތީ އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރަން ޖެހޭކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން މަޖިލީހުގައި ތިއްބެވި ބޭފުޅުން ޑރ. ޖަމީލުގެ އިތުބާރު ނެތް ކަމަށް ވިދާޅުވާނަމަ، އެމަނިކުފާނުގެ އިތުބާރު ގެއްލުނީކަމަށްވެސް އެ މެމްބަރުން ވިދާޅުވިއެވެ.

ޑރ. ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ 61މެމްބަރަކު ސޮއި ކުރައްވައި މަޖިލީހަށް ހުށައަޅުއްވާފައިވަނީ ޖޫންމަހުގެ 30ވަނަ ދުވަހުގައެވެ. އަދި އެ ގަރާރަށް ޖަވާބު ދާރީވުމަށް 14 ދުވަހުގެ މުއްދަތެއް ނައިބު ރައީސް ޑރ. ޖަމީލަށް މަޖިލީހުން ދީފައިވެއެވެ.

------------13:44 - ނައިބްރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

13:43 - 78 މެންބަރުން ނައިބްރައީސްގެ މަޤާމުން ޑރ.މުހައްމަދު ޖަމީލް
އަހުމަދު ވަކިކުރެއްވުމަށް ފެންނަ ކަމަށް ވޯޓް ދިން





ނުފެންނަ
ކަމަށް ވޯޓު ދިނީ 2 މެންބަރުން

13:41 - 81 މެންބަރުން ހާޒިރުވެ އެބަތިބި



13:41 - ނައިބްރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު މަޤާމުން ވަކިކުރުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އަހައިފި

13:30 - ވޯޓަށް އެހުމަށް ޖަހަންޖެހޭ ރަނގަބީލް ޖަހައިފި

13:27- ނައިބްރައީސް މަޤާމުން ވަކިކުރުމާއިގުޅޭ ބަހުސް ނިންމާލައިފި، މިހާރު ކުރިއަށްދަނީ އެޖެންޑާގައި ހިމެނޭ އެހެން ކަންކަން، ވޯޓަށް އެހުން އޮތީ 13:30ގައި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ.
މުހައްމަދު ޖަލީލު އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ
ގަރާރު މިއަދު މަޖިލީހަށް  ހުށައެޅުއްވީ
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން
ހުސައިންމަނިކުއެވެ.



 އެމައްސަލަ
މަޖިލީހަށް ހުށައެޅުއްވުމުގެ މަޤްޞަދެއްކަމުގައި ނިހާން
ވިދާޅުވީ ޑރ. ޖަމީލް އެމަނިކުފާނުގެ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާ
ކުރަމުން ނުގެންދަވާތީ ކަމަށެވެ. އަދި ލިބިފައިވާ ތައުލީމާ ތަޖުރިބާގެ ބޭނުން
ނުހިފާތީ އާއި ސަރުކާރުގެ އިދިކޮޅު ފަރާތްތަކާ ގުޅުންތަކެއް ބާއްވާ ކަމަށް
ތުހުމަތުތަކެއް ކުރެވޭތީ އާއި އެ ތުހުމަތުތަކާ ދެކޮޅަށް ވާހަކަދައްކަވާފައި
ނުވާތީކަމަށް ނިހާން ވިދާޅުވިއެވެ.



 މި މައްސަލައަށް ބަހުސްކުރުމަށް ހުޅުވާލި
ފުރުސަތުގައި ޖުމްލަކޮށް ހުރިހާ މެމްބަރުންވެސް ވަނީ މި މައްސަލައަށް
ތާއީދުކުރައްވާ ވާހަކަދައްކާފައެވެ.