ސިޔާސީ

ނައިބްރައީސްގެ ފަރާތްޕުޅުން ހުށަހެޅުއްވި ލިޔުމުގައި ސޮޔެއް ނެތް


ރައީސުލް ޖުމްހޫރިއްޔާގެ ނައިބްގެ ފަރާތްޕުޅުން މަޖިލީހަށް ހުށަހެޅުއްވި ލިޔުމުގައި ސޮއި ނެތުމުން އެއީ އެމަނިކުފާނުގެ ރަސްމީ ލިޔުމެއްކަމެއް އެނގެން ނެތްކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވެއްޖެއެވެ.މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހަށް ލިބިފައިވާ ލިއުމަކީ، ލޯފާމެއްގެ ލެޓަރ ހެޑްގައި ލިޔެފައިވާ ލިޔުމެއްކަމަށާއި، އެ ލިިޔުމުގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބްގެ ރަސްމީ ލިޔުމެއްކަން އެނގޭނެގޮތަށް އެމަނިކުފާނުގެ ސޮއިވެސް ނެތްކަމަށެވެ.މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދަނީ ނައިބްރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ބަހުސްކުރުމެވެ.ނައިބް ރައީސް ޑރ. ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައި ވަނީ 61 މެމްބަރުންގެ ސޮޔާއިއެކުގައެވެ.ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހަށއިއްވެވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުއެވެ. އެގަރާރުގައި ބުނެފައިވަނީ، އެމައްސަލަމަޖިލީހަށް ހުށައެޅުއްވީ، ޑރ. ޖަމީލްގެ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާ ކުރަމުން ނުގެންދާތީ ކަމަށެވެ. އަދި ލިބިފައިވާ ތައުލީމާ ތަޖުރިބާގެ ބޭނުން ނުހިފާތީ އާއި ސަރުކާރުގެ އިދިކޮޅު ފަރާތްތަކާ ގުޅުންތަކެއް ބާއްވާ ކަމަށް ތުހުމަތުތަކެއް ކުރެވޭތީ އާއި އެ ތުހުމަތުތަކާ ދެކޮޅަށް ވާހަކަދައްކަވާފައި ނުވާތީކަމަށްވެސް މި ޤަރާރުގައި ނިހާން ފާހަގަކުރެއްވިއެވެ.