އަންނަ މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލީ މީހެއްގެ ކެނޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށް އެމީހާގެ ކެނޑިޑަސީ އަލުން ބަލައިގަތުމަށް ސުޕްރީމްކޯޓުން އަމުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކެނޑިޑަސީ ބާތިލުކޮށް ފައިވަނީ ހއ . އިހަވަންދޫ ރަށު ކައުންސިލަށް ކުރިމަތިލީ މީހެއް ގެއެވެ. އީސީން އެނާގެ ފޯމު ބާތިލުކުރީ އޭނާ ކުށުގެ ރިކޯޑުގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާކަމަށް އޮތުމުންނެވެ. އެހެންނަމަވެސް އެއީ އިދާރީ އޮޅުމެއްކަމަށް ކޯޓުން އެންގިއެވެ. އެހެންނަމަވެސް އިސީން އެނާގެ ނަން ބަލައިނުގަތުމަށް ނިންމީ އޭރު ކެނޑިޑަސީއާއި މެދުގޮތެއް ނިންމާ މުއްދަތު ހަމަވެފައިވުމުންނެވެ.
އެ މީހާގެ ފަރާތުން މި މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅުމުން އެ ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ އެމީހާގެ ދަރަންޏެއް އޮތްކަމަށް ބުނެ ކޯޓުން ލިޔުމެއް ދޫކުރެވުނީ އިދާރީ އޮޅުމަކުންކަމަށް ކޯޓުން އެންގުމުން އެމީހާއަކީ އިންތިޚާބަސް ކުރިމަތިލުމުގެ ޝަރުތު ހަމަވާ މީހެއްކަން އެނގޭކަމަށެވެ. އެހެންކަމުން އެމީހާގެ ކެނޑިޑަސީ ބަލައިގަތުމަށް ސުޕްރީމްކޯޓުގެ ނިންމުމުގައިވެއެވެ.
މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލަތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށް ގުރުއަތުލުން މިއަދު ވަނީ ބާއްވާފައެވެ. މިފަހަރު ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށް ގުރުއަތުލުން ބާއްވާފައިވަނީ އެރަށެއްގައެވެ.