ފުވައްމުލަކު ސިޓީގެ މޭޔަރުކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށް ގުރުއަތުލުން ބާއްވައިފިއެވެ. ފުވައްމުލަކު ސިޓީގެ މޭޔަރުކަމަށް ތިން ޕާޓީން ކެނޑިޑޭޓުން ވާދަކުރެއެވެ. އެގޮތުން ފުވައްމުލަކު މޭޔަރުކަމަށް ވާދަކުރަނީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާއި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އިދިކޮޅު ޕީޕީއެމުންނެވެ.
1- އިސްމާއިލް ރަފީގް (އިއްސެ) / އެމްޑީޕީ
2- މުހައްމަދު ތާރިގް އަހްމަދު / ޕީޕީއެމް
3- ޒިޔާދު ޒަކަރިއްޔާ ހުސެއިން ( ކެޕްޓަން ޒިޔާދު ) / ޕީޕީއެމް
އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ފުވައްމަލަކު 6 ދާއިރާގެ ތެރެއިން އެންމެ ދާއިރާއަކަށް ފިޔަވާ ކޮންމެ ދާއިރާއަކަށް ވާދަކުރަނީ ވެރިކަން ކުރާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުން އެކަންޏެވެ.
4- އައިމިނަތު ޝައުޝަން / އެމްޑީޕީ
5- އައިޝަތު އަބްދުލް ޤާދިރު / ޕީޕީއެމް
4- ޢަބްދުﷲ ނާސިރު / އެމްޑީޕީ
5- މުޙައްމަދު ސުޖާއު
4- މުޙައްމަދު ފިކްރީ / އެމްޑީޕީ
5 - ހައްމާދު އަބްދުﷲ / އަމިއްލަ
6- އަހްމަދު އަސްލަމް / ޕީޕީއެމް
4- އަމިނަތު އިނާޔާ / އެމްޑީޕީ
5- ހަދީޖާ ނާފިއު / ޕީޕީއެމް
4- ޢަލީ ސައީދު / އެމްޑީޕީ
5- މުހައްމަދު އިސްމާއިލް ދީދީ / ޕީޕީއެމް
4- އިބްރާހިމް މުހައްމަދު / އެމްޑީޕީ
5 - އަބްދުﷲ އިބްރާހިމް / ޕީޕީއެމް
ލޯކަލް ކައުންސިލް އިންތިޚާބުގައި މިފަހަރު ސިޓީތަކުގެ ދައިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންނަށް ކެނޑިޑޭޓް ނަމްބަރު ދޭނީ މޭޔަރުންނަށް ވާދަކުރާ ފަރާތްތަކަށް ތަރުތީބުން ނަމްބަރު ދޫކުރުމަށްފަހު ދެން ހުރި އަދަދުން ދާއިރާތަކަށް ދޭ ގޮތަށްކަމަށް އިލްކެޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިގޮތުން ތިން ކެނޑިޑޭޓުން މޭޔަރުންނަށް ވާދަކުރާނަމަ ދައިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަމްބަރުތައް ފެށޭނީ ހަތަރަކުންނެވެ.
އަންނަ މަހުގެ 4 ވަނަދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުމާއި ގުރުއަތުލުން މިއަދު އަންނަނީ ބާއްވަމުންނެވެ. ނަން ތަރުތީބުކުރުމާއި ގުރުއަތުލުން ކުރިޔަށް ދަނީ އެ އަތޮޅެއްގައި ނުވަތަ އެރަށެއްގައެވެ.