ތަޢުލީމު

ރާއްޖޭގެ 11 ސްކޫލަކަށް ވޯލްޑްބޭންކުން އެހީދީފި


ރާއްޖޭގެ 11 ސްކޫލަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމާއި، ޕްރިންޓަރު ހޯދުމަށް ވޯލްޑް ބޭންކްގެ އެހީ ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.އެ މިނިސްޓްރީން ވިދާޅުވީ، މިއީ ވަރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރަމުންދާ "އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އީ.އީ.ޑީ.ޕީ ގެ ދަށުން ލިބޭ އެހީއެއް ކަމަށެވެ. އަދި މި އެހީ ލިބޭ ސްކޫލްތަކުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. މި އެހީ ލިބޭ ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ:1- ހއ.ކެލާ މަދަރުސަތުލް ޝެއިޚް އިބްރާހިމް2- ހއ.އަތޮޅު ތަޢުލީމީ މަރުކަޒު3- ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް4- ހދ.އަތޮޅު މަދަރުސާ5- ބ.ގޮއިދޫ ސްކޫލް6- ޅ.އަތޮޅު މަދަރުސާ7- ކ.އަތޮޅު މަދަރުސާ8- ލ.އަތޮޅު ތަޢުލީމީ މަރުކަޒު9- ލ.މާވަށު ސްކޫލް10- ގދ.އަތޮޅު ތަޢުލީމީ މަރުކަޒު11- ސީ.އެޗް.އެސް.އީމި އެހީގެ ދަށުން ސްކޫލުތަކަށް ބޭނުންވާ، ކޮމްޕިއުޓަރ އަދި ޕްރިންޓަރ ފޯރުކޮށްދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ވޯލްޑް ބޭންކްގެ އެހީގައި ލިބޭ ތަކެތި ސްކޫލްތަކަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ.