ޚަބަރު

މިނިވަން 50 އާ ގުޅިގެން ޖަލުތައް އެލާޓަށް ގެންނަނީ


މިނިވަން ފަންސާހުގެ ހަރަކާތްތަކާއި ގުޅިގެން ޖުލައި ސައްބީހުން ފެށިގެން ރާއްޖޭގެ ހުރިހާ ޖަލުތަކެއްގައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް، ޖަލުތައް އެލާރޓަށް ގެނައުމަށް ނިންމާފައިވާ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ. ޕަބްލިކް ސަރވިސް މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސަރވިސްގެ މީޑިޔާ އޮފިޝަލް މޫސާ ރަމީޒް ވިދާޅުވީ، މި އެލާޓްއަކީ ޖުލައި ސައްބިސްވަނަ ދުވަހުން ފެށިގެން މިނިވަން ފަންސާހުގެ ކުޅިވަރުތައް ނިމެންދެން އިއުލާންކުރާ އެލާޓެއް ކަމަށެވެ. ޖަލުތައް އެލާރޓަށްގެނައުމުގެ މަގްސަދަކީ މުހިންމު ދުވަސްތައް ފާހަގަކުރާއިރު، ޖަލުތަކުގައި ތަފާތު ހާދިސާތައް ހިނގާފައިވާތީ، އެފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މޫސާ ރަޒީމް ވިދާޅުވީ ޖުލައި ސައްބީހުން ފެށިގެން ތިން ދުވަހަށް ނުވަތަ ހަތަރު ދުވަހަށްވެސް ޖަލުތަކުގައި އެލާރޓް ދެމިއޮތުން އެކަށީގެންވާ ކަމަށެވެ.  އެލަރޓާއި ގުޅިގެން ސަލާމަތީ ފިޅަވަޅު އެންމެ ބޮޑަށް ވަރުގަދަ ކުރުމަށް ހަމެޖެހިފައިވަނީ މާފުށީ ޖަލުގައި ކަމަށް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތުދެއެވެ.  މިހާރު ހަމަޖެހިފައިވާ ގޮތުން މިނިވަން ފަންސާހުގެ ރަސްމީ ހަރަކާތްތައް ފެށޭނީ ޖުލައި ފަންސަވީސް ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. އަދި ސައްބިސް ވަނަ ދުވަހާއި، ހަތާވީސް ވަނަ ދުވަހު ވެސް ރަސްމީ އެކި އެކި އިހްތިފާލްތައް ކުރިއަށްދާނެއެވެ.