ޚަބަރު

މިނިވަން ފަންސާހުގެ ޕެރޭޑްގައި ކަރެކްޝަނަލް ސަރވިސް ބައިވެރިވަނީ


މިނިވަން ފަންސާހުގެ ޕެރޭޑްގައި ފުރަތަމަ ފަހަރަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބައިވެރިވުމަށް ތައްޔާރުވަމުން އެބަދެއެވެ. ކަރެކްޝަނަލް ސާރވިސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މިއީ އެމުއައްސަސާގެ ތާރީޚުގައި ޕެރޭޑެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށާއި، ޕެރޭޑްގައި ބައިވެރިވުމަށް ނިންމީ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ކަރެކްޝަނަލް ސާރވިސްއިން 80 އޮފިސަރުން ޕެރޭޑްގައި ބައިވެރިވާނެ ކަމަށްވެސް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. ކަރެކްޝަނަލް ސަރވިސްގެ ޕެރޭޑްގައި އެކި ޖަލުތަކުން އޮފިސަރުން ބައިވެރިވާ ކަމަށާއި، ޕެރޭޑްގައި ބައިވެރިވާ އޮފިސަރުން މާދަމާ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ކޭމްޕް ކުރާނެ ކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތުދެއެވެ. މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވާ އަސްކަރީ ޕެރޭޑަށް ސިފައިންނާއި، ފުލުހުންވެސް ދަނީ ތައްޔާރުވަމުންނެވެ.