ޚަބަރު

14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި


14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މެދުތެރޭގެ އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ 14 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށައަޅާފައި ވާކަމަށެވެ.

އަދި މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި، މިމައްސަލަ އިތުރަށް ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުޑަކުދިންނަށް ޖިންސީ ގޮނާކުރުމާއި، ޖިންސީ އަނިޔާކުރާ މައްސަލަތައްދަނީ ފެންމަތިވަމުންނެވެ.

އެގޮތުން އެންމެ ގިނައިން މައްސަލަތައް ފެންމަތިވާން ފެށީ ދެކުނު ރަށެއްގައި 2 އަހަރުވެސް ނުވާ ތުއްތުކުއްޖަކަށް އެކުއްޖާގެ އާއިލާގެ ޒިންމާދާރު މަޤާމުތަކެއްގައި ތިބި ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވި ހިސާބުންނެވެ.