ދުނިޔެ

އީރާނާއެކު، ޖަރުމަނުން އިޤްތިޞާދީ ގުޅުންތައް ބަދަހިކުރަނީ


އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން މިދިޔަ ހަފްތާގައި ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމާ ގުޅިގެން، އީރާނާއެކު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށްޓަކައި ޖަރުމަނުވިލާތުގެ އިޤްތިޞާދާބެހޭ ވަޒީރު ސިގްމާރ ގަބްރަޔީލް ތެހެރާނަށް ވަޑައިގެންފިއެވެ.އީރާނަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި ގަބްރަޔީލް ވިދާޅުވީ އީރާނާއެކު މިހާރުއޮތް ބަލިކަށި ގުޅުންތަކުގެ ބަދަލުގައި އިޤްތިޞާދީ އަދި ސިޔާސީ ވަރުގަދަ ގުޅުންތަކެއް އަލުން ބިނާކޮށް އެގުޅުންތައް ދާއިމީ އަދި ބަދަހި ގުޅުންތަކަކަށް ހެދުމަށް ޖަރުމަނުވިލާތުން އިސްނަގާފައިވާ ކަމަށެވެ.އީރާނުގެ ނިއުކްލިޔަރ މައްސަލައާ ގުޅިގެން 12 އަހަރުވަންދެން ސިޔާސީގޮތުންނާއި އިޤްތިޞާދީ ގޮތުން އީރާނާ ކުރިމަތިލައި އީރާން ބަލިކަށިކުރުމަށް ބޮޑެތި މަސައްކަތް ކުރުމަށްފަހު ނިއުކްލިޔަރ އެއްބަސްވުމާ ގުޅިގެން ހުޅަނގުގެ ބާރުތައް މިހާރުވަނީ އީރާނާ ގާތްވުމުގެ މަސައްކަތް ފަށާފައެވެ.