ދުނިޔެ

ހޫޘީންގެ ޙަމަލާތަކެއްގައި ޔަމަންގެ 43 މީހުން މަރުވެއްޖެ


ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ހޫޘީން ދިން ޙަމަލާތަކެއްގައި އާންމުންގެ 43 މީހުން މަރުވެއްޖެ ކަމަށް ޔަމަންގެ ސަރުކާރުން ބުނެފިއެވެ.ސައޫދީ އަރަބިޔާގެ މަދަދުލިބޭ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރުން ބުނިގޮތުގައި ހޫޘީންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޔަމަންގެ ދެވަނައަށް އެންމެބޮޑު ސިޓީކަމަށްވާ އަދަންގެ ބައެއް އަވަށްތަކަށްކަމަށެވެ.