ދުނިޔެ

ހަމަލާ ބަދަލުކުރުންތަކާއިއެކު ޕާކިސްތާނުގެ ކަންބޮޑުވުން


ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބަދަލުކުރަމުން ގެންދާ ޙަމަލާތައް ހުއްޓާލުމަށް އެންމެފަހުން ވެފައިވާ އެއްބަސްވުމަށްވެސް އިންޑިޔާ އިޙްތިރާމްކޮށްފައިނުވާ ކަމަށްބުނެ ޕާކިސްތާނުން ޝަކުވާކޮށްފިއެވެ.ޕާކިސްތާނުގެ ޚާރިޖިއްޔާއިންބުނީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އިހްތިރާމްނުކޮށް އިންޑިޔާ ސިފައިން އިއްޔެވެސް ރޮކެޓުންނާއި މޯޓަރުބަޑިން ޕާކިސްތާނަށް ޙަމަލާތައް ދީފައިވާ ކަމަށެވެ.ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިޔާއާއި ޕާކިސްތާން ސިފައިން ޙަމަލާތައް ބަދަލުކުރަމުން ގެންދާތާ ހައެއްކަ ދުވަސްވެފައިވާއިރު މި ޙަމަލާތަކުގައި މިހާތަނަށް 5 މީހުންވަނީ މަރުވެފައެވެ.