ކުޅިވަރު

މާޒިޔާގެ ސުޒޭރު 1000 ޑޮލަރުން ޖޫރިމަނާކޮށްފި


މާޒިޔާގެ އެސިސްޓަންޓް ކޯޗު އަޙުމަދު ސުޒޭރު އެއް މެޗަށް ސަސްޕެންޑްކޮށް 1000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީން އޭނާ އަށް މި އަދަބު ދިނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ މާލޭގައި ކުޅުނު މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއެކު ބެންޗުން ފޮނުވާލުމުންނެވެ. އޭއެފްސީން ވަނީ މި ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި އެއިދާރާ އަށް ދެއްކުމަށް ވެސް އަންގައިފަ އެވެ.

އަބަހާނީ އާއި މާޒިޔާ ކުޅުނު މެޗުގައި އަބަހާނީ ކުޅުންތެރިން ބޮޑު ހަމަނުޖެހުމެއް ހިނގި ނަމަވެސް އޭއެފްސީން އެޓީމަށް އެއްވެސް އަދަބެއްދީފައިނުވެ އެވެ.

އިންޑިޔާގެ ބެންގަލޫރާއެކު މިއަދު އެޤައުމުގައި މާޒިޔާ ކުޅޭ މެޗުން އެއްވަރުވިޔަސް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައިވާނެ އެވެ.