ސިޔާސީ

އަފްރާޝީމްގެ ޤާތިލުން އެނގެން ބޭނުން - ރައީސް


އަފްރާޝީމްގެ މަރުގެ މައްސަލައިގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ އަޒްލީފް ރައޫފް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުގައި އޭރުގެ އިމިގްރޭޝަންގެ އިސްވެރިންނާއި، އިމިގްރޭޝަން ބަލަހައްޓަވަމުން ގެންދެވި ޑިފެންސް މިނިސްޓަރ ޖަވާބުދާރީވާން ޖެހޭ ކަމަށް ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ދެ މަޖައްލާ އެއް ނެރެދެއްވުމަށް ފަހު، ޒިންމާދާރު ނޫސްވެރިކަން ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ވިދާޅުވީ، ހ. ހިލްޓަން އަޒްލިފް ރައޫފް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގަވާފައި ވާނޭ ކަމަށެވެ. އަދި އެފަދަ މައްސަލައެއްގެ ތުމުމަތުކުރެވޭ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ދެވުނީ ކިހިނެތްތޯ ބަލާ މިހާރު ފުލުހުން ތަޙްޤީޤް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

" މީގެ އެންމެ ދެރަވާންޖެހޭ ކަމަކީ، މިމަރުގެ މައްސަލައިގައި މަޢުލޫމާތު ހުރި އެކެއްކަމުގައިވާ، އަޒްލީފް ރައޫފް، މިމައްސަލަ ހިނގަހިނގާ ހުއްޓާ ރާއްޖޭން ބޭރަށް ދަތުރުކުރެވިގެން ދިޔަކަންް. އަޅުގަނޑު ސުވާލު އުފައްދަން ބޭނުންވަނީ، ކީތްވެގެންތޯ އޭނާއަށް ރާއްޖޭން ބޭރަށް ދަތުރުކުރެވެންވީީ. ޒިންމާދާރުކަމާއެކު އޭރު އިމިގްރޭޝަން ބަލަހައްޓަވަމުން ގެންދެވި ވެރިންވެސް އަދި އޭރު އިމިގްރޭޝަން ބަލަހައްޓަވަމުން ގެންދެވި ޑިފެންސް މިނިސްޓަރ ވެސް އެބަޖެހޭ މިކަންކަމަށް ޖަވާބުރާދީވާން" ޔާމީން ވިދާޅުވިއެވެ.   

ރައީސް ވިދާޅުވީ، ޑރ. އަފްރާޝީމް އަލީގެ މަރާގުޅޭ ގޮތުން ތަފާތު ވާހަކަތަކެއް ދެކެވެމުން ދާކަމަށާއި އަފްރާޝީމްގެ ގާތިލުންނަކީ ކޮންބައެއްކަން ޚުދު އެމަނިކުފާނު ވެސް އެނގިވަޑައިގަންނަވަން ބޭނުންފުޅުވެލައްވާ ކަމަށެވެ.

އަފްރާޝީމުގެ މަރާ ގުޅޭ ވާހަކަތައް ކިތަންމެ ގޮތަކަށް އަނބުރާފައި ދެއްކި ނަމަވެސް ސަރުކާރު ހިންގާ ބޭފުޅުންނަކަށް ހީއާއި، ޝައްކާއި ތުހުމަތުގެ މައްޗަށް ވާހަކަ ނުދެއްކެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެން ކަމުން ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތެއް ކުރައްވަނީނަމަ، ސަރުކާރުގެ ބަހެއް ހޯދަން ޖެހޭ ކަމަށާއި ރައީސުލްޖުމުހޫރިއްޔާއަށް ސީދާ ނުގުޅޭނަމަ އެ މައްސަލަ އޮޅުންފިލުވައިދޭ ފަރާތަކާއި ގުޅައިގެން ތެދުު އަދި ދެފަރާތުގެ ބަސް ހިމެނޭ މަޢުުލޫމާތު ގެނެސްދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

" ކިތަންމެ ގޮތަކަށް މިވަހާކަ އަނބުރާފައި ލިޔަން އުޅުނުނަމަވެސް، މީގައި ހަގީގަތްތަކެއް އެބައިނގޭ. އެކަމަކު އަޅުގަނޑުމެންނަކީ މިވަގުތު ސަރުކާރު ހިންގަން ތިބި މީހުންނަށްވާތީވެ، އަޅުގަނޑުމެންނަކަށް ހީގެ މައްޗަކަށް، ޝައްކުގެ މައްޗަކަށް ނުވަތަ ތުހުމަތުގެ މައްޗަކަށް ވާހަކައެއް ނުދެއްކޭނެ. މިއީ އޮންގޮއިން ތަހްގީގެއް. ތަހްގީގެ ނަތީޖާ ލިބިގެން ދިޔަހާ އަވަހަކަށް ރައްޔިތުންނަށް މިކަންކަން ސާފުވެގެންދާނެ. " ރައީސް ވިދާޅުވި.