ޚަބަރު

ކައުންސިލް އިންތިޚާބު: ފޯމު ހުށަހެޅުމުގެ ފަހުދުވަސް، ބާރު ބޮޑު!


ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މިތާނަނަށް ދެހާހެއްހައި، މީހުން ކުރިމަތިލާފައިވާކަމަށާ، މުއްދަތުހަވާއިރު މިޢަދަދު ވަރަށްބޮޑުތަން އިތުރުވެގެންދާނެކަމަށް އިލެކްޝަން ކޮމިޝަނު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބްރައީސް އަޙްމަދު އަކުރަމްވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އިއްޔެގެ ނިޔަލަށް ލިބިފައިވަނީ އެއް ހާސް ނުވަ ސަތޭކަ އަށްޑިހަ ފޯމުކަމަށެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ ސަތޭކަ ނުވަދިހަ އަށް މީހުންކަމަށެވެ. ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު ގިނަ ބަޔަކު މިއަދު ފޯމު ހުށަހަޅަމުންދާކަމަށް އަކްރަމް ވިދާޅުވިއެވެ.

ޕާޓީތަކުންވެސް މިހާތަނަށް ހުށަހަޅާފައިވަނީ ޕާޓީތަކުން ވާދަކުރާ ފޯމްތަކުގެ ދެބައި ކޮށްފައި އެއްބައިކަމަށާ، މިއަދު ޕާޓީތަކުގެ ޓިކެޓްގައި ވާދަކުރާ މީހުންގެ ފޯމުތައްވެސް ހުށަހަޅާނެކަމަށް އަކްރަމް ވިދާޅުވިއެވެ. މިއާއެކީ ކައުންސިލް އިންތިޚާބްގައި ވާދަކުރުމަށް ހުށަހަޅާ ފޯމްތަކުގެ ޢަދަދު ވަރަށްބޮޑުތަނުން އިތުރު ވެގެންދާނެކަމަށެވެ.

ކައުންސިލް އިންތިޚާބުގައި ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރުމުގެ އެންމެފަހުގެ މުއްސަތަކީ މިމަހުގެ ސައުވީސްވަނަ ދުވަހެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެއް ހާސް ނުވަ ސަތޭކައަށްވުރެ ގިނަ މީހުން އިންތިޚާބު ކުރަން ޖެހެއެވެ. ކައުންސިލްތަކަށް ނުވަ ސަތޭކަ އަށްޑިހަ ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމެޓީއަށް، ނުވަ ސަތޭކަ ތިރީސް ކެންޑިޑޭޓުން އިންތިޚާބު ކުރާއިރު، އިންތިޚާބުގައި ހަހާސް އަށްވުރެ ގިނަ މީހުން ވާދަކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރައްވައެވެ.