ކުޅިވަރު

ރިނބުދޫ ފުޓުސަލް ދަނޑު ރައީސް ހުޅުއްވައި ދެއްވައިފި


ދ.ރިނބުދޫގައި ތަރައްޤީކޮށްފައިވާ ޒަމާނީ ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ

‎މިދަނޑު ހުޅުވުމަށް ރިނބުދޫގައި މިއަދު ހެނދުނުބޭއްވި ރަސްމިއްޔާތުގައި ދަނޑުހުޅުވުމުގެ ގޮތުން ބަހައްޓާ ފިލާގައި އެމަނިކުފާނު ވަނީ ސޮއިކުރައްވާފައެވެ.

‎ޗައިނާ ސަރުކާރުގެ އެހީގައި ސަރުކާރުން ތަރއްޤީކުރި މި ދަނޑުގައި ކައުންސިލްގެ ފަރާތުންވަނީ ދުވާ ޓްރެކެއްވެސް ހަދާފައެވެ.
‎ދަނޑުހުޅުވުމުގެ ގޮތުން ކުޅުނު ރިނބުދޫ ސުކޫލް ދަރިވަރުންގެ ފުޓުސަލް މެޗު ފައްޓަވައިދެއްވީ ރައީސުލްޖުމުހޫރިއްޔާއެވެ.

‎މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފްވަނީ ރިނބުދޫއަކީ އެރަށުގެ ތރައްޤީއާ ޒުވާނުންގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއްކުރާ ރަށެއްކަން ފާހަގަކުރައްވައި، ލާމަރުކަޒީ ޤާނޫނުން ލިބިދޭ ބާރުތަކާއިއެކު ރަށުގައި ތަރައްޤީކުރާ ކުޅިވަރު ދަނޑުފަދ ތަންތަނަކީ ރައްޔިތުންގެ އަމިއްލަ ތަނެއްކުގައި ދެކިގެން އެތަންތަން ބެލެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.

‎މީގެއިތުރުން މިނިސްޓަރ މަޚުލޫފްގެ ވާހަކަފުޅުގައި ަ ކުރއަށްއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ރިނބުދޫގެ މިހުޅުވުނު ދަނޑާއި ގުޅިގެން އައުޓްޑޯ ޖިމަކާއި، ކޮމިއުނިޓީ ޕާކެއް ތަރައްޤީ ކުރެވިގެންދާނެކަމުގައި ވިދާޅުވިއެވެ..

‎ރައީސުލްޖުމްހޫރިއްޔާ ރިނބުދޫއަށް ކުރެއްވި ފަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ ރިނބުދޫގައި މިހާރުކުރިއަށް ބަނދަރު ހެދުުގެމަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްފާއެވެ.

‎ރިނބުދޫ ސްކޫލަށް ފަންސާސް އަހަރުފުރުން ފާހަގަކުރުމުގެ ރަންޔޫބީލްގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ‎ރައީސް ސާލިޙް ރިނބުދޫ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ފުރާވަޑައިގަންނަވާފައެވެ